ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ މިއަހަރުގެ "ރައިސީނާ ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، 10ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕެނަލް ޑިސްކަޝަންގެ މައުޝޫއަކީ "ކްލައިމެޓް ކެޓަކްލިޒަމް: ދި އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިން" ޟީ މައުޟޫއެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ. ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.