މިމަހުގެ 18ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު ހާދިސާއާއި ގުޅިގެން، ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބައެއް މީހުން ސަސްޕެންޑުކޮށް މަޤާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާކަމަށެވެ. އަދި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުންނާއި އެކޮމިޓީން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވާފައިވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފި.