ޚަބަރު

އުސްފަސްގަނޑުގައި މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވަނީ 3 މިނެޓަށް

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖުމުހޫރީ މައިދާނުގެ ބޭއްވި ހަވާއެރުވުން / ފޮޓޯ: މުޙައްމަދު ވަޙީދު، ޕީ.އެސް.އެމް ނިއުސް.

މާލޭ އުސްފަސްގަނޑުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ، އުސްފަސްގަނޑު ދިމާ ބޭރު ސަރަޙައްދުގައެވެ. އެގޮތުން މިރޭ 23:30 އިން ފެށިގެން 3 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މިރޭ ހަވާއަރުވަނީ އަމިއްލަ ފަރާތަކުން ބާއްވާ ހަރަކާތަކާއި ގުޅިގެން ކުރިއަށްގެންކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދއްވިއެވެ.

ޤައުމީ ދިފާޢީ ބާރުން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި އަދި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.