ތަރައްްޤީ

އދ އަދި ބ އަތޮޅުން ވަރުވާއަށް ފަޅުރަށް ދޫކުރަނީ


އަރިއަތޮޅު ދެކުނު ބުރި އާއި މާޅޮސްމަޑުލު ދެކުނުބުރީގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަނީ މި ދެ އަތޮޅުން ޖުމްލަ ހަތަރު ރަށެއް ވަރުވާއަށް ދިނުމަށް އިޢުލާން ކުރައްވާފައެވެ. އެއީ، އ.ދ އަތޮޅުން ހިޔަފުށި، ކުޑަދޫ، އަދި އެ އަތޮޅު އާފިނޮޅެވެ. ބ. އަތޮޅުން ވަރުވާއަށް ދިނުމަށް އިޢުލާން ކުރައްވާފައިވަނީ ބ.ވެޔޮފުށި އަދި ބ ހިރުންދޫއެވެ.

މި ރަށްތަކަށް ބިޑްފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށެވެ. ވަރުވާއަށް ރަށްތައް ދޫކުރައްވަނީ ފަޅުރަށްރަށުގެ ގުދުރަތީ ވެއްޓަށް ބަދަލުނުގެނެސް ފަޅުރަށްތައް ބެލެހެއްޓުމަށާއި، ރަށްތައް ޙިމާޔަތްކުރުމުގެ މަޤްސަދުގައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ނުވަސަތޭކަ ފަސްދޮޅަސް ހަ ފަޅުރަށް ރަޖިސްޓްރީ ކޮށްފައިވާއިރު މީގެ ތެރެއިން ސަތޭކަ އަށާރަ ފަޅުރަށް ވަރުވާއަށްވަނީ ދޫކުރައްވާފައެވެ. ފަޅުރަށްރަށް ވަރުވާއަށް ދޭ އެންމެ ދިގު މުއްދަތަކީ ދިހަ އަހަރެވެ.