ތަރައްްޤީ

މެމްބަރު މަހްލޫފަށް އިތުރު ޙުކުމެއް


ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ކުށުގެ ދަޢުވާ ސާބިތުވެ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް 6 މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ. 

މަހްލޫފުގެ މައްޗަށް ސާބިތުވި ދަޢުވާގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާޗުމަހު ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ގަދަކަމުން ވަދެ، ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް ކޮއްޕާހެދިކަމަށެވެ. މިދަޢުވާ ސާބިތުވެ މެމްބަރު މަހްލޫފް 6 މަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ މައްސަލައެއްގައި އޭނާ މިހާރުވެސް ދަނީ 4 މަހާއި 24 ދުވަހުގެ ޖަލުގެ ޙުކުމެއް ތަންފީޒުކުރަމުންނެވެ.