ތަރައްްޤީ

އާދީއްތަދުވަހަކީ ބަންދު ދުވަހެއް


އަންނަ އާދީއްތަދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އާދީއްތަދުވަސް ބަންދުދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ނިމޭނީ ހޮނިހިރުދުވަހަށް ވެފައި، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީކަމަށެވެ. 

މިގޮތަށް ހަމަޖެއްސެވުމުން މިނިވަންދުވަހުގެ ހަރަކާތްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.