ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް (އައި.ކޯސްޓް) ފްރޮޖެކްޓް އިފްތިތާޙްކުރައްވައިފިއެވެ.
މިޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމަށާއި އެދާއިރާ ކުރިއެރުވުމަށް މާލީ އެހީ ލިބެންހުރި މިންވަރު ދެނެގަތުމަށާއި، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހުލުވެރިކޮށް އެކަމަށް ބާރުއެޅުމަށް ތައްޔާރުކުރެވޭ ޕްރޮޖެކްޓެއްކަމަށެވެ.
އައި.ކޯސްޓް ޕްރޮޖްކެޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓި (ޖެފް) ގެ ހިލޭއެހީގެ ދަށުން، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާއި ގުޅިގެން ތައްޔާރުކުރަމުންދާ ޕްރޮޖެކްޓެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިކަމަށްޓަކައި ބޭއްވި އިންސެޕްޝަން ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުންނާއި، ރިސޯޓްތަކުންނާއި، އިތުރު ސްޓޭކްހޯލްޑަރުންގެ 50 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.