ފ.ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭޏުންވާ ބިން ހ ިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ހިއްކާ ބިމުގެ %85 މަސައްކަތް ނިމިފަވާކަމަށެވެ.
ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން ހިއްކައެވެ.
އެމްޓީސީސީން ވިދާޅުވީ ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް މުޅި މަޝްރޫޢުގެ %85 މަސައްކަތް ނިމިފަވާކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ބިން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައްވެސް މިހާރު ސައިޓުގައި ވަނީ ފަށާފައެވެ.
ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ އެއަރޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެގައެވެ.
ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ. އެރަށުގައި މިވަގުތު ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު އިތުރަށް ތަރައްޤީކުރުމާއި ގިރާ ސަރަޙައްދުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.