އަންހެނުންގެ ލޯންގްކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ.
މި ރިކޯޑު އައުކޮށްފައިވަނީ ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި 10 މިނެޓު 9.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ މިރާލް އައިން ލަތީފް، އަމްނާ ތަޒްކިޔާ މިރުސާދު، ލައިބާ ހަސަންމަނިކު އަދި އަޔާނާ އަރީފްއެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 10 މިނެޓު 50.31 ސިކުންތުން ނިންމައިގެންނެވެ. މި ރިކޯޑު އައުކުރި ޓީމުގައި ހިމެނުނީ ހަނާން ހަސައިން ހަލީމް، މިރާލް އައިން ލަތީފް، ހަމްނާ އަޙްމަދު އަދި އީން އައްބާސް ޝަރީފްއެވެ.