އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތަށް މޮރޮކޯ ކޮލިފައިވެއްޖެ އެވެ.
މިއީ އެފްރިކާއިން ޓީމެއް މި މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މޮރޮކޯ ވަނީ ރަބާތުގައި ރޭ ނިގާ އަތުން 5-0އިން މޮޅުވެފަ އެވެ. މިއާއެކު ކޮލިފައިންގެ ގްރޫޕް އީގެ އެއްވަނަ ލިބުނީ މޮރޮކޯ އަށެވެ.
އިސްމާއީލް ސައިބާރީ ދެ ހޯލު ޖެހިއިރު އަބްދުއްލަތޯފް ގޯމޭ އަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މޮރޮކޯ އަކީ މި މުބާރާތަށް މިހާތަނަށް ކޮލިފައިވި 17 ވަނަ ޓީމެވެ. އެމެރިކާގެ އިތުރުން މެކްސިކޯ އާއި ކެނެޑާގައި ބާއްވާ މުބާރާތުގައި 48 ގައުމަކުން ވާދަ ކުރާނެ އެވެ.
މޮރޮކޯ އަކީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތެ ސެމީ ފައިނަލް ކުޅުނު ޓީމެކެވެ. އެ ފަހަރު މޮރޮކޯ ސެމީ ފައިނަލް ކުޅުން ގިނަ ބަޔަކަށްވީ ވަރަށް ބޮޑު ހައިރާންކަމަކަށެވެ. އެ މީހުން ބަލިވީ ސެމީ ފައިނަލުގައި ފްރާންސް އަތުންނެވެ.
ދުނިޔޭގެ ރޭންކިންގެ 12 ވަނާގައި އޮތް މޮރޮކޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ހަ މެޗުން މޮޅުވެފަ އެވެ. އެ ގައުމު ކޮލިފައިވިރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން ޖެހޭ ބާކީ ދެ މެޗު ވެސް އެބައޮތެވެ.