ޚަބަރު

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ގަައުމީ ފުޓްސަލް ސްކޮޑް އިއުލާންކޮށްފި


އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގަައުމީ ފުޓްސަލް ޓީމުގެ ސްކޮޑް ފައިނަލްކޮށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ސްކޮޑްގައި ހިމެނެނީ އަހްމަދު އަޔާޒް، ޝާމިން މުހައްމަދު، އަލީ ޝިޔާހް، އިސްމާއިލް ވަޖީހް، ހުސެއިން ސުހެއިލް، އަހުމަދު ޝަމާލް، ހުޒެއިފަތު ރަޝީދު، އިޝާން އިބްރާހިމް، މުހައްމަދު އިމްރާން، އަލީ ހާފިޒް، އަބްދުالله ޒިމާމް އަދި އަބްދުالله ނާސިހްއެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފަޔާސް އޮންނާނީ 2026 ވަނަ އަހަރު މިޔަންމާގައެވެ. ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްސަލް ތަރި އަދި ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އަހްމަދު ނިޔާޒް (ނިޔާ) އެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2016 އިން ފެށިގެން ނިޔާޒް ވަނީ ގިނަ ކާމިޔާތަކެއް ހޯދާފައެވެ.

ކޯޗު ނިޔާޒްގެ އިރުޝާދުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން އަންނަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ.