ޚަބަރު

ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ޕޮލިސް ރިޕޯޓް ދޫކުރައްވަނީ


ހދ. އަތޮޅުގައި ޤާއިމް ކުރައްވާފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކުން ޕޮލިސް ރިޕޯޓް ދޫކުރައްވަން ފަށްޓަވައިފިއެވެ.

ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިހާތަނަށް ޕޮލިސް ރިޕޯޓް ދޫކުރެއްވުމުގެ ޚިދުމަތް ނުފައްޓަވާ ހުރި އެއަތޮޅު ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ވަނީ ޕޮލިސް ރިޕޯޓް ދޫކުރެއްވުމުގެ ޚިދުމަތް ފަށްޓަވާފައެވެ. މިކަމަށްޓަކައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ސާމީއެވެ.  

ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާއިރު، މި ޚިދުމަތަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވައި، ވަޒީފާގެ ކަންކަމަށް އަހުލުވެރިކޮށް، ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ކަންކަމަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދެއްވުމަށް ފުލުހުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ދެއްވާ ޚިދުމަތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.