ޚަބަރު

ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • މި މަޝްރޫޢުގެ ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ

  • ކާށިދޫ ޞިއްޙީ މަރުކަޒުން 24 ގަޑިއިރު އަންނަނީ ޚިދުމަތް ދެމުން

ކ. ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފާމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބިންގާ އަޅުއްވައިދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ދާއިރަގެ މެންބަރު އަދި ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ސަބަބުން ކާށިދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެ، ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކާށިދޫ ޞިއްޙީ މަރުކަޒުން އަންނަނީ 24 ގަޑިއިރު ޚިދުމަތް ދެމުންނެވެ.