ދެމަފިރިންގެ ތެރެއިން މީހަކަށް ކުރިން ސަރުކާރުގެ ސްކީމަކުން ކުރިން ފްލެޓެއް ލިބިފައިވާނަމަ، އައު ސްކީމްތަކުން ފްލެޓް ހޯދަން ހުށަނޭޅޭނެކަމަށް ސަރުކާރުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ކަނޑައަޅައިފިއެވެ.
ފްލެޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލްތައް ޙާމަކޮށްފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ސަރުކާރުން ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެވެ.
1. އުފަންވީއްސުރެ މާލެގައި ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
2. މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
3. ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް
މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްޞީލުކޮށް އުޞޫލުގައި ހިމަނާފައިވޭ)
1. ދިވެހިރައްޔިތެއް ކަމުގައިވުން
2. އުމުރުން 18 އަހަރު ފުރިފައިވުން
3. 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
4. ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން
5. ތިމާއަށް ނުވަތަ ފިރިމީހާ / އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
ފްލެޓް ދޫކުރުމުގެ ފުރަތަމަ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް"އެވެ.
ޝަރުތުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުފު ހަމަވާ ފަރާތަކަށްވުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން ހިމެނެއެވެ.
ދެވަނަ މޮޑެލްއަކީ ރެންތް-ޓު-އޯން މޮޑެލްއެވެ. މި ސްކީމަށް ކުރިމަތިލާ މީހުންނަށް މަހަކު ލިބޭ އާމްދަނީ 60،000އަށްވުރެ މަތިވެގެން ނުވާނެއެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު ސަރުކާރުން ވަނީ ޢާއްމުކޮށްފައެވެ. ސަރުކާރުން ވިދާޅުވީ ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލާފަވާނީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލް ދެނެގަނެވޭނެ އުސޫލަކަށްކަމަށެވެ.
1. މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
2. އެޢާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް
3. ގޭބިސީގެ ޖުމްލަ އާމްދަނީއަށް
4. އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިން ބަފައިންނަށް
5. ޢާއިލާގެ ޙާލަތު
ސަރުކާރުން ޕޮއިންޓްދޭ އުސޫލު ކަނޑައަޅާފަވާއިރު، ދަރިން ނުލިބޭ މީހުންނަށް ޕޮއިންޓްދޭނެ އުސޫލެއްވެސް ވަނީ ކަނޑައަޅާފައެވެ.
ފްލެޓް ދޫކުރުމުގެ ޝަރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލާގުޅޭ ތަފްސީލްތައް ސަރުކާރު ގެޒެޓުގައި އާއްމުކުރާނެއެވެ.