ޚަބަރު

200 މީޓަރު ބްރެސްޓްސްޓްރޯކް ޤައުމީ ރެކޯޑް ސާރާ އައުކޮށްފި


  • ސާރާ މި ރެކޯޑު އައު ކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި

  • މި ޤައުމީ ރެކޯޑު އެންމެ ފަހުން އައު ކޮށްފައިވަނީ 2024 ވަނަ އަހަރު ޙަމްނާ އަހްމަދު

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު އައު ކޮށްފިއެވެ.

ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.

ސާރާ އަކީ އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ފެތުންތެރިއެކެވެ.