ޚަބަރު

ފެނާންޑޭޒް ނެތްތަން ފޫބެއްދުމަކީ ނުވާނެ ކަމެއް: އަމޮރިމް


މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނެތްތަން ފޫބެއްދުމަކީ ނުވާނެ ކަމެއް ކަމަށް އެ ކްލަބުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ޕޯޗުގަލް އަށް އުފަން އަމޮރިމް އަށް އަނިޔާ ވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން ބަލިވި މެޗުގަ އެވެ. އެހެން ކަމުން މާދަމާ ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭ މެޗުގައި ފެނާންޑޭޒް އަށް ނުކުޅެވޭނެ އެވެ.

ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ ފެނާންޑޭޒް އަށް މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

"މިއީ އަހަރުމެންނަށް ފޫނުބެއްދޭނެ ފަދަ ގެއްލުމެއް. އޭނާ ނެތްތަން ފޫބެއްދުމަކީ ނުވާނެ ކަމެއް. އަދި އެކަން އަހަރެން ވާނީ ޓީމުގެ މެމްބަރުން ކައިރިވެސް ބުނެފަ." އަމޮރިމް ބުންޏެވެ.

ފެނާންޑޭޒް އަށް އަނިޔާވެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ކުރިއަށް ކުޅޭ ބްރަޔަން އެމްބުއޭމޯ މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅުމަށް ގައުމީ ޓީމަށް ދޫކޮށްފައިވާއިރު ކޮބީ މައިނޫ އަށް ވަނީ އަނިޔާވެފަ އެވެ.

2020 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން އިން މެންޗެސްޓަރ ޔުނައިޓެޑް އާއި ގުޅުނު ފަހުން ފެނާންޑޭޒް އަށް ބޮޑު އަނިޔާއެއް ކުރިމަތިވެފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި ފެނާންޑޭޒް އަށް އަނިޔާގެ ސަބަބުން ގެއްލިފައިވަނީ އެންމެ ދެ މެޗެވެ.