ޚަބަރު

ދަރުމަވަންތައިން ގާޒީ ސްކޫލުގެ މައްޗަށް ކުރިހޯދައިފި


  • ދަރުމަވަންތައިން މެޗު ކާމިޔާބުކުރީ 0-3 އަކުން

  • ޓީމެއްގެ ގޮތުގައި ރީތި ކުޅުމެއް ދަރުމަވަންތައިގެ ފަރާތުން ފެނުނު

  • މި މެޗުން ބަލިވުމާއެކު ގާޒީ ސްކޫލަށް މުބާރާތް ނިމުން ގާތް

ޓީމެއްގެ ގޮތުގައި ރީތި ކުޅުމެއް ކުޅެ، "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ދަރުމަވަންތަ ސްކޫލު ކުޅުނު ފުރަތަމަ މެޗުގައި، ގާޒީ ސްކޫލުގެ މައްޗަށް ކުރިހޯދައިފިއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުޅުނު މި މެޗު، ދަރުމަވަންތަ ސްކޫލުން ކާމިޔާބުޮށްފައި ވަނީ 0-3 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގައި ޑޮމިނޭޓް ކޮށްގެން ކުޅުނީ ދަރުމަވަންތައިންނެވެ. މެޗުގެ މިހާފުގައި ދަރުމަވަންތަ ސްކޫލުން ޓީމެއްގެ ގޮތުގައި ރީތި ގޭމެއް ކުޅެފައެވެ. މިގޮތުން ނުރައްކާތެރި ހަމަލާތަކެއްވެސް އެޓީމުން ފުރަތަމަ ހާފުގައި އުފައްދާފައި ވެއެވެ.

ދަރުމަވަންތައިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގާފައެވެ. ދަރުމަވަންތައިން ލީޑު ނަގާފައި ވަނީ ގާޒީ ސްކޫލުގެ ހާފުގެ މެދަށްވުރެ ކުޑަ ތަންކޮޅެއް ޕެނަލްޓީ އޭރިއާ ކައިރިން ފޮނުވާލި ބޯޅައަކުންނެވެ.

ދަރުމަވަންތައިން މި ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އޭގެ 10 ވަރަކަށް މިނެޓު ފަހުން، ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ދަރުމަވަންތައަށް ލިބުނެވެ.

އެއަށްފަހުވެސް ދަރުމަވަންތައިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާ ހަމައަށްވެސް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ދަނިކޮށް، ޑިފެންޑަރަކު ކުރި ފައުލަކާ ގުޅިގެން ގާޒީ ސްކޫލުގެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

ދަރުމަވަންތަ ސްކޫލުގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މި ފައުލާ ގުޅިގެން ލިބުނު ހިލޭޖެހުމުންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެޓީމުގެ 3 ވަނަ ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗުން ބަލިވުމުން ގާޒީ ސްކޫލު ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުގައި ކުރިއަށްދިޔުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.