ޚަބަރު

މިއަހަރުގެ ބްރައިޑް ފެއަރ ނަވާވީސް ސްޓޯލާއެކު ރޭ ހުޅުވައިފި


މިއަހަރުގެ ބްރައިޑް ފެއަރ ނަވާވީސް ސްޓޯލާއެކު ރޭ ހުޅުވައިފިއެވެ. img:http://s3.psmnews.mv/images/660x400/14757348874419.jpg|ބްރައިޑް ފެއަރ 2016 ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ތިން ދުވަހުގެ މި ފެއަރ ކުރިއަށް ދަނީ ދަރުބާރުގޭގައެވެ. ކައިވެނީގެ ރަސްމިއްޔާތުތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭ، ޒުވާނުންގެ ހުނަރުތައް ދައްކާލަން ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ، ބްރައިޑް ފެއަރ 3 ދުވަހަށް ކުރިއަށްގެންދާނެ ކަމަށް މި ފެއަރ އިންތިޒާމުކުރާ ބްރައިޑް މޯލްޑިވްސް އިން ބުނެއެވެ.

ރޭ ދަރުބާރުގޭގައި ފެށި ޕިލިޕްސް ބްރައިޑް ފެއަރ 2016 ހުޅުއްވައިދެއްވީ މިފެއާގެ މެއިން ސްޕޮންސަރ ކަމަށްވާ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހެވެ. ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފީ ވިދާޅުވީ މިއަހަރުގެ ފެއަރގައި 6 ޑިޒައިނަރުންގެ ހުނަރު ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް، ކައިވެނި ހަފްލާތަކަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ދޭ ގިނަ ފަރާތްތަކަކުން ވަނީ މިފަހަރުގެ ބްރައިޑް ފެއަރގައި ބައިވެރިވެފައެވެ.

ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފީ ވިދާޅުވީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެއަރގައި ޖާގައިގެ ދަތިކަމާއި، ގިނަ ޑިޒައިނަރުން ބައިވެރިކުރުމަށް ގިނަ ބަޔަކު އެދޭކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތާނގައި ބޮޑު ބަންދަކާ ދިމާކޮށް މި ފެއަރ ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14757349138737.jpg|ބްރައިޑް ފެއަރ 2016 ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އަދި ކުރިއަށް އޮތްތާނގައި ޑިޒައިނަރސް ވީކެއް ބާއްވަންވެސް މަސައްކަތް ކުރަމުންދާ ކަމަށް ޝާފީ ވިދާޅުވިއެވެ. މިގޮތުން ކުރިއަށް އޮތް ފެޝަން ޝޯވްގައި ޕާކިސްތާންގެ ޑިޒައިނަރެއްގެ އުފެއްދުންތައް ދައްކާލާނެ ކަމަށާ ކުރިއަށް އޮތް ފެއަރގައި އިތުރު ކަންތައްތަކެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ޝާފީ ވިދާޅުވިއެވެ.

ބްރައިޑް މޯލްޑިވްސްގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ބްރައިޑް ފެއަރގައި މިފަހަރުވެސް ސްޕޮންސަރ ކޮށްފައިވަނީ އެސް.ޓީ،އޯއިންނެވެ. މިއީ ފިލިޕްސް ބްރައިޑް ފެއަރ އެސްޓީއޯއިން ސްޕޮންސަރ ކޮއްގެން ބާއްވަމުން އަންނަތާ 5 ވަނަ އަހަރެވެ. img:http://s4.psmnews.mv/images/660x400/14757349491510.jpg|ބްރައިޑް ފެއަރ 2016 ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިފެށުނު ފެއަރގައި އެސްޓީއޯގެ ސްޓޯލެއްވެސް ހުރެއެވެ. މިސްޓޯލްއިން ފިލިޕްސް ބްރޭންޑްގެ ބިއުޓީ އަދި ގްރޫމިންގ ޕްރޮޑަކްޓްސްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލެވޭނެއެވެ. އަދި ހަމަ މިއާއިއެކު ފިލިޕްސް ގްރޫމިންގ ކޮންޓެސްޓެއްވެސް އެސްޓީއޯ ސްޓޯލްގައި ކުރިއަށްދާނެއެވެ. އަދި ތަފާތު އިނާމުތައްވެސް މި ސްޓޯލްއިން ލިބިގެންދާނެއެވެ.  

ފިލިޕްސް ބްރައިޑް ފެއަރ ކުރިއަށްދާނީ ރޭގަނޑު 20:30 އިން 23:00 އަށް ދަރުބާރުގޭގައެވެ.