ތަޢުލީމު

ކެންގަރޫ ކިޑްސްގެ ޕްރީސްކޫލްގައި ފެއަރއެއް ބާއްވައިފި


ކެންގަރޫ ކިޑްސްގެ ޕްރީސްކޫލްގެ ކިޔަވައިދިނުން އާންމުންނަށް ދައްކާލުމުގެ ގޮތުން ފެއަރއެއް ބާއްވައިފިއެވެ.

ޑިސްކަވަރީ ޑޭ ފެއަރގެ ނަމުގައި އެ ސްކޫލްގައި ބޭއްވި މި ޙަރަކާތަކީ، ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ ކަރިކިއުލަމްއާއި ރާއްޖޭގެ އެހެން ސްކޫލްތަކުގެ ކަރިކިއުލަމްއާއި ހުރި ތަފާތުތައް އާންމުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި ބޭއްވި ޙަރަކާތެއް ކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.

ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ ޕްރިންސިޕަލް އާމިނަތު ތަހުމީނާ ވިދާޅުވީ، މި ޙަރަކާތް މެދުވެރިކޮށް، އެ ސްކޫލްގައި ކިޔަވައިދިނުމުގައި ގެންގުޅޭ ގޮތްތަކާއި އުކުޅުތައް އާންމުންނަށް އަންގައިދީފައިވާ ކަމަށެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޙަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު 2 ން ހަވީރު 6 އާއި ހަމައަށް ކުރިއަށްގެންދިޔަ މި ޙަރަކާތްތަކުގެ ތެރެއިން، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދު، ކެންގަރޫ ކިޑްސް ޕްރީސްކޫލްގެ ކުދިންނާއިއެކު އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ.