ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ މާލެ، މ. ޖެންޝަން، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔަ ރޭގެ ވަގުތެއްގައެވެ. އޭނާ އަތުލައިގަނެފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، ހިތިގަސްމަގުން ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލެއް ދުއްވާފައި ދަނިކޮށްކަމަށެވެ.
ސައިކަލު ހުއްޓުވުމަށްފަހު، އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުކުރެވިގެން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވިއިރު އޭނާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވެއެވެ.
— Maldives Police (@PoliceMv) August 6, 2026
⭕ އިތުރު ތަފުސީލް: https://t.co/M0rC37GwXj pic.twitter.com/47yMBL8Eke
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އަޙްމަދު އާލިޝް ޢާޞިމް ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި މައްސަލައާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ދެ މައްސަލައެއްގެ ގޮތުގައި ވަކިވަކިން ތަހުގީގު ކުރަމުންދާ ކަމަށެވެ.