ޚަބަރު

ހުދު ސަމާލުގެ ވަގުތު ހަވީރު 5އަށް އިތުރުކޮށްފި


  • ސަމާލު ނެރެފައިވަނީ ހއ އިން ތ އަތޮޅަށް

  • ބޯކޮށް ވާރޭ ވެހި ގުގުރުރާ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި

ބޯކޮށް ވާރޭ ވެހި ގުގުރުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލުގެ ވަގުތު ހަވީރު 5އަށް އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަގެ ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.


މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށް އިލްތިމާސް ކުރައްވާފައެވެ.