ކުޅިވަރު

އަތަށް ލިބުނު އަނިޔާ އަށް ފަހު އަލްކަރާޒް އެނބުރި ކޯޓަށް


އަތަށް ލިބުނު އަނިޔާ ރަނގަޅު ވުމުން އަންނަ ހަފުތާގައި އެނބުރި ކުޅުމުގެ ތެރެއަށް އަންނަ ޓެނިސް ތަރި ކާލޮސް އަލްކަރާޒް ނިންމައިފި އެވެ.

ހަތަރު މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އަލްކަރާޒް ކުޅެން ތައްޔާރުވެފައިވާ މުބާރާތަކީ މި މަހުގެ 30 އިން އަންނަ މަހުގެ 13 އަށް އެމެރިކާގެ ނިއުޔޯކްގައި ބާއްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް އޭނާ އެވެ.

އަނިޔާގެ ސަބަބުން އަލްކަރާޒް އަށް އެންމެ ފަހުން ގެއްލުނު ބޮޑު މުބާރާތަކީ އަމިއްލަ ގައުމު ކަމަށްވާ ސްޕޭނުގެ ބާސެލޯނާގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ބާސެލޯނާ އޯޕަން އާއި އޭގެ ފަހުން ބޭއްވި ފްރެންޗް އޯޕަން އެވެ.

އަލްކަރާޒް އޭނާގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރީ ވެސް އެމެރިކާގަ އެވެ. މިހެންވެ އެމެރިކާގައި އޭނާގެ މަޝްހޫރުކަން ބޮޑެވެ. ސަބަބަކީ އޭނާ އަކީ އެ މުބާރާތާއެކު އޭޓީޕީ ރޭންކިގައި ދުނިޔޭގެ އެއްވަނަ މަގާމަށް ދަތުރު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށް ވުމުންނެވެ.