އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ފަރުވާދޭން ފަށާއިފިއެވެ.
ފުލުން ވިދާޅުވީ އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނާށް ލިބިފަވާކަމަށާއި، ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ.
ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް މިއަދު 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފަވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.