ޚަބަރު

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒު އުފައްދަވައިފި


  • މިއީ ޤައުމީ އިދާރާތަކުގެ ޚިދުމަތްތައް ދޭ މަރުކަޒުތަކެއް

  • މަރުކަޒުތައް ޤާއިމުކުރަނީ 18 އަތޮޅުގައި

"ސަރުކާރުގެ ޚިދުމާތު މަރުކަޒު"ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

އެމަނިކުފާނު މި މަރުކަޒުތައް އުފެއްދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައި، އެ އިދާރާތަކަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާނެ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، 18 އަތޮޅެއްގައި މި މަރުކަޒުތައް އުފައްދަވާފައެވެ.

ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް

1. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހއ. އަތޮޅު
2. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހދ. އަތޮޅު
3. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު
4. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު
5. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު
6. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު
7. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު
8. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު
9. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު
10. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު
11. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު
12. ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު
13. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު
14. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު
15. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު
16. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު
17. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު
18. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު

މި މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.