މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހ. މާދޫގޭގައި ކުރިއަށްގެންދާ މި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓަލިޖެންސާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ގުޅިގެން ކުރިއަށްގެންދާ އޮފަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ބަނގުރާ މާލެތެރޭގައި ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ.
ހ. މާދޫގެ ބަލާ ފާސްކުރިއިރުގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގަނެވިފައެވެ. މާދޫގޭގެ ފުރަތަމަ ފަންގިފިލާ އަދި 5ވަނަ ފަންގިފިލާއިން ބަނގުރާ އަތުލައިގަނެފައިވާއިުރ، މިހާރުވެސް އޮޕަރޭޝަން ކުރިއަށްދާކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް
މާލެތެރޭގައާއި އަދި ރަށްރަށުގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައި.