ޚަބަރު

މަސްވެރިންގެ ދުވަހުގެ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި


  • މުބާރާތުގައި ޓީމެއް ގޮތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައި

  • މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށް

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިންގެ ދުވަހާއި ދިމާކޮށް ބާއްވާ ބަހުސް މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.

"މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން " މި ޝިޢާރުގެ ދަށުން ބާއްވާ ބަހުސް މުބާރާތުގައި މަތީތަޢުލީމު ފޯރުކޮށްދޭ ތަންތަނާއި، އެކަޑަމީތަކާއި، ކްލަބު ޖަމިއްޔާތަކާއި އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާނެއެވެ.



މީގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވާދަ ކުރެވޭނެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެން ޖެހޭއިރު ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ހިމެނިދާނެ ކަމަށް މުބާރާތުގެ ޤަވާއިދުގައިވެއެވެ.

މި މުބާރާތުގައި ބައިވެރިވޭނީ މިއަހަރު ޖަނަވަރީ މަހަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މުބާރާތުގައި ގަދަ 3 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު ގަދަ 3 ޓީމުވެސް ހޮވާނެއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރާ ހުށަހެޅުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.