ތަރައްްޤީ

ގެމަނަފުށީގައި އަލަށް އިމާރާތްކުރި މިސްކިތް، ހުޅުއްވައިފި


ގއ. ގެމަނަފުށީގައި އަލަށް ޢިމާރާތްކުރި މިސްކިތް، މަސްޖިދުލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ހުޅުއްވައިދެއްވީ، އެމަނިކުފާނު ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. މި މިސްކިތް ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތުގައި އަސުރު ނަމާދު ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، މިސްކިތް ޢިމާރާތްކުރި ޝީޝާ ޕްރައިވެޓް ލިމިޓެޑްގ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލާއެއްވެސް އަރުވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14816267116122.jpg|

720 މީހުންގެ ޖާގައިގެ މިމިސްކިތަކީ އަމިއްލަ ފަރާތެއްކަމަށްވާ ސީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 10 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މިސްކިތާއެކު ގެމަނަފުށީގައި  ޖުމްލަ 4 މިސްކިތެއް ޢިމާރާތްކޮށްފައިވެއެވެ.