ޚަބަރު

ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްޞަކޮށް ޖިމްއެއް ހުޅުވައިފި


ޕަބްލިކް ސަރވިސް މިޑިއާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުންފުނީގެ މެނޭޖްމަންޓުން ޖިމްއެއް މިއަދު ހުޅުވައިފިއެވެ. 

ޕަބްލިކް ސަރވިސް މީޑިއާގެ ރޭޑިއޯ ޢިމާރާތުގައި މި ޖިމް ހުޅުވައިދެއްވީ ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކުއެވެ. ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރމަން އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ، ދައުލަތުގެ މީޑިއާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޖިމްއެއް ހުޅުވުމަކީ މެނޭޖްމަންޓުން ވަރަށް ކުރިންސުރެވެސް ވިސްނަމުން އައި ކަމެއްކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14830228354767.jpg|ޕީއެސްއެމްގެ ޗެއަރ އިބްރާހިމް ޢުމަރު މަނިކު ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އެކަމަށް ޢަމަލީ ސިފަ ނައިސް އޮތުމަށްފަހު، ޕީއެސްއެމްގެ މެނޭޖްމަންޓުން ކުރު މުއްދަތެއްގެ ތެރޭގައި ޖިމްގެ މަސައްކަތްތައް ނިންމިކަމަށްޓަކައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި، ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންކަމަށްވާ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް އަދި އާމިނަތު ޝާޔަން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14830227881051.jpg|ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މިއަދު ހުޅުވި ޖިމް / ފޮޓޯ: ޕީއެސްއެމް

މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޕީއެސްއެމް ޕްރޯ ޖިމްގެ ނަމުގައި ހުޅުވި މި ޖިމް ބޭނުންތެރިކަމާ ބެހޭގޮތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީއެސްއެމްގެ މުއައްޒަފުންނަކީ ކުންފުނީގެ އެންމެ މުހިއްމު ރައުސުލްމާލުކަމަށެވެ. 

މުވައްޒަފުންގެ ދުޅަހެޔޮކަމަށް ޕީއެސްއެމްގެ މެނޭޖްމަންޓުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކުންފުނީގެ މުއައްޒަފުންނަކީ ބުރަކޮށް މަސައްކަތްކުރާ ބައެއްކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ ޞިއްޙަތު ވަރަށް މުހިއްމު އެއްޗެއްގެ ގޮތުގައި ބަލައިގަންނަކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14830228797472.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ޕީއެސްއެމްގެ މުވައްޒަފުންނަށް ހުޅުވި މި ޖިމާ މެދު ކުންފުނީގެ މުވައްޒަފުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. ޕީއެސްއެމްގެ ޕްރޯ ފިޓް ޖިމް މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޕްރޮފެޝަނަލް ޖިމް އިންސްޓްރަކްޓަރެއް ކަމަށްވާ ހާނިމްގެ ފަންނީ އިރުޝާދުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.