ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ- މެޓް އޮފީސް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ދެކުނުއަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ މިއަދު ހެނދުނު ދިހައަކުން ހަވީރު ހަތަރަކަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

އެއިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ގުގުރުމާއިއެކު ކެރީގެއަސަރު ފޯރާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.