 
										
			ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ނިމިއްޖެއެވެ.
 
255 ބައިވެރިން ބައިވެރިވި މި މުބާރާތުގައި ކިޔަވާފައިވަނީ 240 ބައިވެރިންނެވެ. ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ ދިމާވި އެކިކަހަލަ މައްސަލަތަކާމެދު 15 ބައިވެރިން ކިޔަވާފައި ނުވާކަމަށެވެ. އެހެންނަމަވެސް މި މުބާރާތް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔަކަމަށް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.
 
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ބުދަދުވަހުގެ ހެނދުނު އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައެވެ. 
 
މި ފަހަރުގެ މުބާރާތުން ވަނަވަނަ ހާސިލުކުރާ ފަރާތްތަކަށްވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ. ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާންގެ އިލްމު ރާއްޖޭގައި ފަތުރާ ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.