 
										
			މާލޭގެ ފަޅުތެރެ ސާފުކުރުމަށް ޚާއްސަ ޙަރަކާތެއް ހިންގަން ޕީޕީއެމްއިން ނިންމައިފިއެވެ. 
 
މިއީ ޕީޕީއެމްގެ ޒުވާނުން ގެ ގޮފިން އިސްނަގައިގެން  ދައުލަތުގެ ބައެއް މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާތްތަކާއި ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މިހަރަކާތް ފަށާނީ އަންނަހޮނިހިރު ދުވަހު ހެނދުނު ޕީޕީއެމްގެ ރުމާލު 2 ޖަގައިހައިންނެވެ. ޕީޕީއެމްގެ ޒުވާނުން ގޮފީގެ މެމްބަރު ސިމާން ހާދީ ބުނީ މިފަދަ ހަރަކާތްތައް ހިންގުމުގެ މަޤްޞަދަކީ ރައްޔިތުންނާއި ޒުވާނުން މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިކުރުން އިތުރުކުރުވުންކަމަށެވެ. 
 
ޕީޕީއެމްއަކީ ސިޔާސީ ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢަށް ފައިދާ ކުރަނިވި ހަރަކާތްތައްވެސް ކުރިއަށްގެންދާ ޕާޓީއެކެވެ. އެގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ވައި 18 ސްޕޯޓްސް ފިއެސްޓަރ ބާއްވަނީ ޕީޕީއެމްއިން އިންތިޒާމްކޮށްގެންކަން ފާހަގަކުރެވެއެވެ.