ޚަބަރު

ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާއަކަށް ރިޝްމީ


މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގަ އެންމެ މޮޅު ބަތަލާގެ މަޤާމް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ އަށް ލިބިއްޖެއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީއަށް އެންމެ މޮޅު ބަތަލާގެ މަޤާމް ލިބުނީ އޭނާ ޕްރޮޑިއުސްކޮށް އެކްޓް ކޮށްފައިވާ ފިލްމް "ވިޝްކާ" އިން ނެވެ. މިއީ މިމަހުގެ 21- 25 އަށް ސްރީލަންކާގައި ކުރިއަށްދާ މިއަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖެއިން ވާދަކުރި ހަމައެކަނި ފިލްމުވެސް މެއެވެ. 

ޔާރާ ޕްރޮޑަކްޝަނުން މިދިޔަ މާޗް މަހުގައި ނެރުނު "ވިޝްކާ" ގައި ލީޑް ރޯލް އަދާކޮށްފައިވަނީ ރިޝްމީގެ އިތުރުން ރަވީއާއި އަހުމަދު ސައީދެވެ.