ރާއްޖެރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުކުރު އުފާގެ މިހަފްތާގެ ހަރަކާތްތައް ކެންސަލް ކޮށްފިއެވެ.
ހުކުރު އުފާގެ މި ހަފްތާގެ ޙަރަކާތްތައް ކެންސަލްކޮށްފައި މިވަނީ މުސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާތީއެވެ. މޫސުން ގޮސްވުމުގެ ސަބަބުން މި ހަފްތާގެ ހުކުރު އުފާގެ ޙަރަކާތްތައް ނުބާއްވާގޮތަށް ހަމަޖެހުނު ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި މޫސުން ރަނގަޅުނަމަ ކުރިއެކޭވެސް އެއްގޮތަށް މި ފެސްޓިވަލްގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ.
ހުކުރު އުފާ ފެސްޓިވަލަކީ ޢާއްމުރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމްދީނަށް އަހުލުވެރިކުރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހަވީރާއި ރޭގަނޑު ކުރިއަށްގެންދާ އިސްލާމީ ފެސްޓިވަލެކެވެ.