ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
ދިވެހި ޤައުމީ ބޭންކުން ބުނީ، 2017 ވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް 118.4 މިލިއަން ރުފިޔާ ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. މިއީ ހިއްސާއަކަށް ބަލާނަމަ 22 ރުފިޔާ އެވެ. އަދި މިއީ 2016 ވަނަ އަހަރު ހިއްސާއަކަށް ޖެހުނު އަދަދާ އަޅާބަލާއިރު، %10 އިތުރުވުމެއްކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމާފައިވާ އަދަދު ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެކަނިކަމަށެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ އަހަރުވެސް ވިޔަފާރީގެ ފައިދާގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ.