އިންސްޕަޔަރ މެޑިސްޕާގެ ނަމުގައި މެޑިކަލް ސްޕާ ގެ ޙިދްމަތް މާލޭގައި ދޭންފަށައިފިއެވެ.
ހ. ހައިފާގައި ހުޅުވި މެޑިސްޕާއިން އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހަމާއި އިސްތަށިގަނޑަށް ބޭނުންވާ ފަރުވާއާއި ޚިދުމަތްތައް ލިބޭނެ ކަމަށް އިންސްޕަޔަރ މެޑިސްޕާ އިން ބުނެއެވެ. އަދި މިތަނުން އުމުރުން ދުވަސްވުމުން ހަންގަޑަށް ދިމާވާ ބައެއް މައްސަލަތަކަށް ބޭނުންވާ ފަރުވާގެ އިތުރުން ތަފާތު ވައްތަރުގެ މަަސާޖްތަކުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ޚިދުމަތް ދެނީ އޮސްޓްރޭލިޔާގެ ޑޮކްޓަރުންނާއި ހުޅަނގު ގެ އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކޮށްކަމަށް މެޑިސްޕާއިން ބުނެއެވެ.
އިންސްޕަޔަރ މެޑި-ސްޕާ އިން ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި ރީތިވުމާއި ދުޅަހެޔޮކަމަށް ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ގިނަ ފަރުވާތައް ހިމެނެއެވެ. މީގެ ތެރޭގައި ބަރުދަން ލުއިކުރުމަށް ޚާއްޞަ ފަރުވާތައް ހިމެނެއެވެ. އަދި ހަމުގެ މުހިއްމު ޓެސްޓެއް ކަމަށްވާ ޓްރާންސް ޑަރމަލް ސްކިން އެނަލައިޒިންގް ސިސްޓަމް ގެ ޚިދްމަތްވެސް ހިމެނެއެވެ. މި ޓެސްޓަކީ ހަންގަނޑު ގެ އެތެރެއިން ހަމުގެ ބާވަތް ދެނެގަނެ، ހަމުގެ ބާވަތާއިގުޅޭ ގޮތުން ބޭނުންވާ ފަރުވާ ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.
ދިވެހިންނަށް ޙާއްޞަކޮށްގެން ހުޅުވި މެޑިސްޕާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެތަނުގެ ވެބްސައިޓުވެސް ވަނީ ލޯންޗްކޮށްފައެވެ. ވެބްސައިޓް ލޯންޗުކޮށްދެއްވީ ޑރ. ޓޮމް ޝެނަން އަދި އިންސްޕަޔަރ މެޑި-ސްޕާގެ ސީ.އީ.އޯ ޑރ. މަރިޔަމް ޝަކީލާއެވެ.