ކުޅިވަރު

ވަރލްޑްކަޕްގައި ކުޅެވޭނެ - ސަލާހު


ކުރިއަށް އޮތް ވަރލްޑްކަޕްގައި މިޞްރު ޖަރޒީގައި ދަނޑަށް ނިކުމެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޗެމްޕިއަންސްލީގު ފައިނަލްގައި އަނިޔާވެގެން ބޭލި ފޯވާޑް މުޙައްމަދު ސަލާހު ބުނެފިއެވެ.

ވަރލްޑްކަޕްގައި ސަލާހުއަށް ކުޅެވޭނެކަމާމެދު ސުވާލު އުފައްދަމުން ދަނިކޮށް އޭނާ ބުނީ ސަޕޯޓަރުންގެ ލޯއްބާއި، ހިތްވަރުގެ ސަބަބުން ހިތްވަރު ލިބޭކަމަށެވެ. ސާޖިއޯ ރާމޯސް އާއި ދެކުޅުންތެރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓި ކޮނޑު ހުޅު ނެއްޓި ލިބުނު އަނިޔާއާއި ގުޅިގެން މެޗަށްފަހު ލިވަޕޫލް ކޯޗު ޔާގެން ކްލޮޕް ބުނެފައިވަނީ ސަލާހުގެ އަނިޔާ ސީރިއަސްކަމަށެވެ. ނަމަވެސް މިޞްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމީހުންގެ އުއްމީދުތަކާ ގުޅިފައިވާ ފޯވާޑަށް ވަރލްޑްކަޕްގައި ކުޅެވޭނެކަމަށެވެ.
25 އަހަރުގެ ފޯވާޑް ޗެމްޕިއަންސްލީގު ފައިނަލް މެޗުގެ 26 ވަނަ މިނިޓްގައި ދަނޑުން ފޭބީ ރޮމުންނެވެ.

ސަލާހަކީ ނިމިގެންދިޔަ ސީޒަންގައި އޭނާގެ ކްލަބަށް 44 ގޯލް ޖަހާދީފައިވާ ފޯވާޑެކެވެ.