ރާއްޖޭގައި ހިންގަމުންދާ ސުޕަރސުޕެޝަލިޓީ ފެންވަރުގެ، ޓްރީޓޮޕް ހޮސްޕިޓުންވެސް އާސަންދައިގެޚިދުމަތާއެކު ބޭސްވަރުވާގެ ޚިދުމަތް ލިބޭގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ.
އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސންދައިގެ ޚިދުމަތްތައް ލިބޭ އުސޫލުގެތެރެއިން މިހާރު ޓްރީޓިޕް ހޮސްޕިޓަލުންވެސް އާސަންދައިގެ ޚިދުމަތް ލިބެމުންދާނެކަމުގެ ޔަޤީންކަން އާސަންދަ ކުންފުނިން ވަނީދީފައެވެ.
ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާސަންދަ ކުންފުނިންބުނީ ކުރިން ޓްރީޓޮޕް ހޮސްޕިޓަލުން ހަމައެކަނި އެޑްމިޓްވާ މީހުންނަށް އާސަންދައިން ކަވަރކުރިނަމަވެސް މިހާރު އެޑްމިޓް ނުވިނަމަވެސް އެހެން ހޮސޕިޓާތަކޭ އެއްގޮތަސް އެ ހޮސްޕިތަލްއިންވެސް އާސަންދައިގެ ޚިދުމަތް ލިބޭގޮތް ހަމަޖެހިފައިވާކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އަމިއްލަ ފަރާތަކުން ރާއްޖޭގެ ސިއްޙީދާއިރާ ފުޅާކުރުމަށް ހިންގި އެންމެބޮޑު އެއް އިންވެސްޓްމަންޓެވެ. ރާއްޖޭގައި ފުރަތަމަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލުގެގޮތުގައި ހުޅުމާލޭގައި ތަރައްޤީކުރި ޓްރީޓޮޕް ހޮސްޕިޓަލަކީ އަށްޑިހަ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ މި ސަރަހައްދުގެ އެންމެ ފެންވަރުރަގަޅު ހޮސްޕިޓާތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެމުންގެންދާ ހޮސްޕިޓަލެކެވެ. ކުރިން ރާއްޖެއިން ފަރުވާނުކުރެވޭ ބޮޑެތި ބަލިތަކަށް މި ހޮސްޕިޓަލުން ފަރުވާ ދެމުންގެންދާއިރު މިފަދަ ހޮސްޕިޓަލުތަކުން ހިލޭ ޚިދުމަތް ހޯދުމުގެ ފުރުސަތު މިސަރަޙައްދައި ރާއްޖެފިޔވައި އެހެން އެއްވެސް ޤައުމެއްގައި މިގޮތަށް ފަހިވެފައި ނުވެއެވެ.