ކުޅިވަރު

މައިލޯ ޗެރިޓީ ޝީލްޑް މާޒިޔާ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި


ދިވެހި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މައިލޯ ޗެރިޓީ ޝީލްޑް މާޒިޔާ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ފުރަތަމަ ފަހަރަށް ޝީލްޑް އުފުލާލީ ދިވެހި ލީގުގެ ޗެމްޕިއަން ނިއުރޭޑިއަންޓްގެ މައްޗަށް ދޭއް ސުމަކުން މެޗް ކާމިޔާބު ކޮށްގެންނެވެ.މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ބިދޭސީ ފޯވާޑް ޕަބްލޯއެވެ. ދެވަނަ ގޯލް ކައުންޓަރ އެޓޭކެއްގައި ޕަބްލޯ ދިން ޕާހަކުން ކާމިޔާބުކުރީ އަހުމަދު ނާޝިދުއެވެ.ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ މާޒިޔާއިންނެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން ކުޅުން ރަނގަޅުކޮށް ގޯލް ޖެހުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެ ޓީމަށް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.މާޒިޔާގެ ކީޕަރު އިމްރާނަށް މި މެޗުގައި މާ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހިފައެއް ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޕަބްލޯއަށެވެ.މި މެޗުގެ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ނިއުގެ ތަޖުރިބާކާރު މިޑްފީލްޑަރ  އިބްރާހިމް ފަޒީލް ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ.ފަޒީލް ދަނޑުން ފައިބައިގެން ދިޔައީ ކޯޗް އާމިރު އަލަގިޗް ބުނި އެއްޗަކާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ބެލެވެއެވެ.ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގާތުން ވާދަކުރާ ދެ ޓީމަކަށް ވެފައިވަނީ ނިއުރޭޑިއަންޓާ މާޒިޔާއެވެ. މިދިޔަ ދެއަހަރުގެ ޗެރިޓީ ޝީލްޑް ނިއުރޭޑިއަންޓް ކާމިޔާބުކުރީ މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.