ޚަބަރު

ކުޑަކުދިންނަށް މާގިނައިން ފޯނާއި ޓެބްލެޓް، ނުދެއްކުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިލްތިމާސްކޮށްފި


ކުދިންތަކެއް ފޯނު އަދި ޓެބްލެޓްތަކަކާ ކުޅެނީ / އަމިއްލަ ފޯނު ގެންގުޅެން ފަށާ އުމުރު އަންނަ ހަގުވަމުން

ޢުމުރުން ފަސްއަހަރުން ދަށުގެ ކުޑަދިންނަށް އެއްގަޑިއިރަށްވުރެ ގިނައިރު ސްކްރީން ނުދެއްކުމަށާ ޢުމުރުން އެއްއަރުން ދަށުގެ ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ނުދެއްކުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، "ވޯލްޑް ހެލްތް އޯގަނައިޒޭޝަން"އިން އިލްތިމާސްކުރައްވައިފިއެވެ.

އެ ޖަމްޢިއްޔާއިން ވިދާޅުވީ ކުދިން އެކަޝީގެންވާ ވަރަށްވުރެ ގިނަވަގުތު ސްކްރީނާއި ވީޑިއޯގޭމާއި މިނޫންވެސް ކަންކަމުގައި ހޭދަކުރާނަމަ ގިނަގުނަ ގެއްލުންތަކާކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެކުދިންގެ ހަށިގަނޑަށް ނޭދެވޭ ބަދަލުތައް އަންނާނެކަމަށާއި ހަށިގަނޑުގެ ޙަރަކާތް މަދުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، އާދައާޚިލާފަށް ފަލަވުމުގެ ބަލި ޖެހުން ގާތްކަމަށްވެސް އެޖަމްޢިއްޔާއިން ވިދާޅުވެއެވެ.