ވިޔަފާރި

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮޔަރ ޢިމާރާތަށް ބަދަލުކޮށްފި


ވަގުފު ބިލްޑިންގައި ހިންގަމުންދިޔަ މޯލްޑިވިއަންގެ ޓިކެޓު އޮފީސް ސިޓީ ސްކޮޔަރ ޢިމާރާތަށް ބަދަލުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މިއަދުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓްތައް ދޫކުރާނީ ޗާންދަނީ މަގުގައި ހުންނަ ސިޓީ ސްކޮޔަރގެ ޢިމާރާތުގެ ތިރީ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ޓިކެޓް އޮފީހުންކަމަށެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮޔަރއަށް ބަދަލުކުރުމަށް ނިންމީ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށާއި އެގޮތުން މިހާރުގެ ޓިކެޓް އޮފީސް ޖާގައިގެ ގޮތުން ތަނަވަސް ވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއެވެ.

ޓިކެޓް ދޫކުރުމުގެ އިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތްވެސް ވަނީ ސިޓީ ސްކޮޔާއަށް ބަދަލުކޮށްފައެވެ.

އައިލެންޑު އޭވިއޭޝަންގެ ޓިކެޓު އޮފީހަކީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ އޮފީހެކެވެ. އަދި ޓިކެޓު އޮފީހުގައި ހުންނަ ކޯލް ސެންޓަރއަށް މަހެއްގެ މައްޗަށް ތިރީސްހާހަށް ވުރެ ގިނަ ކޯލް އަންނަ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.