ކުޅިވަރު

ގްރާސް ރޫޓް ޓްރެއިނިގް ޕްރޮގްރާމްގައި ރަގަޅު ކުޅުންތެރިންތަކެއް ބިނާކުރެވުނު


ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ގްރާސް ރޫޓް ޓްރެއިނިގް ޕްރޮގްރާމްގައި މިއަހަރު ރަނގަޅު ކުޅުންތެރިންތަކެއް ބިނާކުރެވުނުކަމަށް އެމަރުކަޒުން ބުނެފިއެވެ.
ބ.އަތޮޅު ތައުލީމީ މަރުކަޒާ ކްލަބް އޭދަފުށި ގުޅިގެން މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް މިއަހަރު ޙާޞިލް ކުރަންބޭނުންވި ނަތީޖާ ޙާޞިލްވިކަމަށް ގްރާސްރޫޓް ކޯޗް ފަޒްލޫން މުޙައްމަދު ބުނެއެވެ.

އަންނަ އަހަރު މިޕްރޮގްރާމް މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ރާވަމުން ދާކަމަށްވެސް ފަޒްލޫން ބުންޏެވެ.
ދަރިވަރުންނަށް ފުޓްބޯޅައިގެ ބޭސިކް ސްކިލްއާ ފުޓްބޯޅައިގައި ގެންގުޅެންޖެހޭ އަޚްލާޤް ވަރަށް ރަގަޅަށް ކިޔައިދީ ދަރިވަރުން އެކަންކަމަށް އަހުލުވެރިކުރެވިގެން ދިޔަކަމަށް ގްރާސް ރޫޓް ޓްރެއިންނިގް ޕްރޮގްޜާމް ހިންގާފާރާތުން ބުނެއެވެ.

6 އަހަރާ 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދަރިވަރުން ފުޓްބޯޅައަށް ލޯބި ޖެއްސަން ކުރިއަށްގެންދާ ގްރާސްރޫޓް ޓްރެއިންނިގް ޕްރްގްރާމްގައި މިއަހަރު 95 ދަރިވަރަކު ވަނީ ބައިވެރި ވެފައެވެ.
މި ހަރަކާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެދަރިވަރުންގެ ފުޓްބޯޅައިގެ ތަފާތު ހުނަރުތައް ދައްކާލާފައެވެ. ގްރާސްރޫޓުން ތަމްރީނުވެގެން ވަކިވާ ދަރިވަރުން ދެން ގުޅޭނީ އެފްއޭއެމްއިން އޭދަފުށީގައި ހިންގާ އެލީޓް ޓްރެއިނިންގ ޕްރޮގްރާމާއެވެ.