މިދިޔައަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޯވިޑް-19 ނިމިދިޔަ މާރޗްމަހުގައި ޔޫރަޕްގެ ޤައުމުތަކަށާއި ދެކުނު އެމެރިކާ ގައި ފެތުރެން ފެށުމާއެކު މިޙާލަތު އިތުރަށް ގޯސް ވިޔަނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
މިގޮތުން އެޅި ފިޔަވަޅުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ގޭ ތެރޭގައި ތިބުމަށް އަންގާ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިޢުލާންކުރި ކާފިއުތަކެވެ. ގޭގައި ތިބުމަށް އެންގި އެންގުންތަކާއެކު ސްކޫލް ތަކާއި އޮފީސްތަކާއި ކާރުޚާނާތައް މުޅިންހެން ހުއްޓުމަކަށް ވަނީ އައިސްފައެވެ. މަގުތަކުގެ ކާރުބާރޫކުޑަވެ އެއަރލައިންތަކުގެ ޝެޑިއުލް ދަތުރުތައްވެސް ދިޔައީ ކެންސަލްވަމުންނެވެ.
މީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް މިވަނީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އުފެއްދުންތެރިކަން ދަށަށް ގޮސް ވަޒީފާނެތް މީހުންގެ ޢަދަދު ވަނީ މައްޗަށް ގޮސްފައެވެ. މިއާއެކު ވައި ތަޣައްޔަރުވުމާއި ގްރީން ހައުސް ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު ވަނީ ދަށައްގޮސްފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މާރޗްމަހާއި މިމަހު ދުނިޔޭގެ ބޮޑެތި ސިޓީ ތަކުގައި ވައިގެ ކުއަލިޓީ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިއީ ކާރުޚާނާތައް ބަންދުކުރުމާއި ދުއްވާ އެއްޗެހި ދުއްވާވަރު މަދުވުމުގެ ސަބަބުން ވިހަގަދަ ގޭސް ބޭރުވާ މިންވަރު ދަށް ވެފައިވާތީ އައި ބަދަލެވެ.
މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެއަރ ޓްރެފިކްވަނީ %60އަށް ވެއްޓިފައެވެ. ވިހަ ގަދަ ގޭސްތައް ބޭރުވާ މިންވަރު މިހާ ބޮޑު ތަން ދަށް ވެފައިވާ ވުމަކީ މުސްތަޤްބަލުގައި ކްލައިމެޓް ޗޭންޖަށް އޭގެ ސަބަބުން ރަނގަޅު އަސަރު ތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި އޮތްހާ ހިނދަކު ވިހަގަދަ ގޭސްތައް ޖައްވަށް ބޭރުވަމަންދާ މިންވަރު ދާނީ ދައްވަމުންނެވެ. ނަމަވެސް މީގެ ސަބަބުން ދުނިޔޭގެ ތިމާވެށީގެ މައްސަލަ ތަކަށް މާ ބޮޑު ހައްލެއް ލިބިދާނެކަމަށް ޤަބޫލުކުރުމަކީ ފަހަރުގައި ރަނގަޅު ވިސްނުމަކަށް ނުވެދާނެއެވެ. އެއީ މި ވައިރަސް ގެ ސަބަބުން މިހާރު މިއޮތް ހާލަތު ރަނގަޅު ވުމާއި އެކު ކުރިން އޮތް ހާލަތަށް ދުނިޔެ ރުޖޫއަވެ މަސައްކަތް ފަށާނެތީއެވެ. އިޤްތުޞާދީ މަސައްކަތްތައް ކުރިއަރައިގެން ދާނެތީއެވެ.
ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކޮށްފައިވަނީ ހަމައެކަނި ރަނގަޅު އަސަރުތަކެއް ނޫނެވެ. ލިބިފައިވާ ގެއްލުންތައްވެސް އެބަހުއްޓެވެ. މިގޮތުން އަލުން ބޭނުން ނުކުރެވޭފަދަ ކުނި ވަނީ އިތުރުވާން ފަށާފައެވެ. ދަނޑުވެރިކަމާއި މަސައްވެރިކަމުން އުފައްދާ ބާވަތްތައް އެކްސްޕޯޓް ކުރެވޭނެ ގޮތެއްނެތެވެ. ޤުދުރަތީ ނިޒާމްތައް ބަލަހައްޓާނެ ގޮތްތައްވަނީ ނެތި ގޮސްފައެވެ. އަދި ފަތުރުވެރިކަން މިވަނީ މުޅިން ހުއްޓިފައެވެ.
ޑެލިވަރީގެ ޚިދުމަތްތައް އިތުރުވާން ފެށުމާއެކު ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ސަބަބުން ރިސައިކަލް ނުކުރެވޭ ކުނީގެ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ. މިކަންތައްތަކުގެ ސަބަބުން ކުނި އުކާލުމާއި ނައްތާލުމަށް މަސައްކަތްކުރާ ކުންފުނިތަކަށް ވަނީ މަދު ވަޞީލަތްތަކާއި އެކު މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ކޯވިޑް-19ގެ ސަބަބުން ޙިމާޔަތްކޮށްފައިވާ ދިރުންތަކަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ. ގިނަ ޤައުމުތަކުގައި އޮތް ފުރަބަންދާ ގުޅިގެން ޙިމާޔަތްކޮށްފައިވާ ތަންތަނާއި ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރަމުންއައި މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އޭގެ ސަބަބުން ޤަވައިދާ ޚިލާފަށް މިފަދަ ކަންތައްކުރުމާއި ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުން ގަސް ކެނޑުން ފަދަ ކަންކަން ދަނީ އިތުރުވަމުންނެވެ. ތިމާވެއްޓާ ރައްޓެހިކޮށް ކުރަމުންއައި ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންބޮޑެވެ. އެގޮތުން އިކޯ ޓުއަރިޒަމްގެ ސަބަބުން މިފަދަ ސަރަޙައްދު ބެލެހެއްޓުމުގެ އިތުރުން ޤަވއިދާ ޚިލާފަށް އެތަންތަނުން ތަކެތި ކެނޑުމާއި ޙިމާޔަތް ކޮށްފައިވާ ދިރުންތައް އަމިއްލަ ބޭނުމަށް ގެންދިޔުމުގެ ކަންކަމުން ސަލާމަތްވެއެވެ.
އެހެންމަވެސް ފުރަބަންދުގެ ސަބަބުން އިކޯ ޓުއަރިޒަމް ހުއްޓުމަކަށް އައިސް މީހުންގެ އަމްދަނީ ވަނީ ހުއްޓިފައެވެ. އޭގެ ސަބަބުން ކެއުން ބުއިމާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކައްޓަކާއި ނެތިދިއުމުގެ ބިރުހީވެފައިވާ އެކި ބާވަތް ތަކާއި ދިރުންތަކާއި ހިމާޔަތްކޮށްފައިވާ އެކި ތަންތަން ގަވައިދާ ޚިލާފަށް އަންނަނީ ބޭނުންކުރަމުންނެވެ.
މި ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ތިމާވެށީގެ ގިނަ މައްސަލަތައް ސިއްހީ މި ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވުމާއިއެކު ހަމަޔަކަށް އެޅޭނެކަމަށް ލަފާކުރެވެއެވެ. ވައިރަހުގެ ސަބަބުން ވައި ނުސާފުވުން ހުއްޓިފައި އޮތް އޮތުން ހުއްޓޭނެކަމީވެސް ހަޤީގަތެކެވެ. އެހެންނަމަވެސް ވައިރަހުގެ ސަބަބުން ދާއިމީ ގޮތެއްގައި ތިމާވެއްޓަށް ގެއްލުމެއް ފޯރާނެކަމަށް ނުބެލެވެއެވެ. ކޮންމެއަކަސް މި ހާލަތުގައި ތިމާވެއްޓާ ބެހޭ ބައެއްކަންކަން މިވަނީ ހާމަވެގެންގޮސްފައެވެ. އެ ގޮތުން އިޤްތިޞާދީ ކުއްލި ލޮޅުމެއްގެ ސަބަބުން ނުކުންނާނެ ނުރައްކާތެރިކަމުގެ ސަބަބު ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މުޅި ދުނިޔޭގެ ހިންގުން ބައްޓަން ކުރާނެ ދެމެހެއްޓެނިވި ގޮތްތަކެއްވެއެވެ. އޭގެ ތެރޭގައި އިޖްތިމާޢީ ހޭދަ ކުރުމުގެ ވައްޓަފާޅިއާއި ތިމާވެށިގެ ބޭނުން ނަހަމަގޮތުގައި ކުރުން މަދުކޮށް މުސްތަޤްބަލުގައި މިފަދަ ކާރިޘާތަކާ ދުރު ދުނިޔެއެއް ބިނާ ކުރުމަށް ބޭނުންވާނެ ގިނަކަންކަން ވަނީ ދަސްވެފައެވެ.
ތަރައްޤީ ނުވާ އަވައްތަކާއި ރަށްރަށާއި އެފަދަ ސަރަހައްދުގެ އާއްމުން ދިރިއުޅުން ބިނާވެފައި އޮންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭ ގުދުރަތީ ވަޞީލަތްތަކަށެވެ. އެއީ ދަނޑު ހައްދާ މީހުންނަށްވިޔަސް ކުދި ވިޔަފާރި އެއް ހިންގާ މީހުންނަށްވެސް އެ ގޮތަށް އިކޯ ޓުއަރިޒަމްގެ ބޮޑު ހިއްސާ އެއް މިމީހުންގެ އޮވެއެވެ. އެއީ މަސްވެރިކަމާ ގުޅުން ހުރި އަދި ދަނޑުވެރިކަމުގެ ވިޔަފާރީގެ ފުރަތަމަ މަރުހަލާއާއި ސީދާ ގުޅުން އޮންނަ ބައެކެވެ.
އެހެންކަމުން މިހާރު އޮތް ސިއްޙީ ކާރިޘާގެ ސަބަބުން މި ނިޒާމަށް ބުރޫއެރުން އަންނައިރު އޭގެ ނަތީޖާއެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަޞީލަތްތައް ބޭނުންކުރުން ހުއްޓުމަކަށް އައިސް އާމްދަނީ އަވަހަށް ހޯދާނެ މަގުތައް ހޯދުމަށް ދަތިވުމުގެ ސަބަބުން މުސްތަޤުބަލުގައި ފަޤީރުކަމާ ކުރިމަތިލާން ޖެހިދާނެއެވެ. މިކަމާ ދެކޮޅަށް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް އިން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ކޯސްޓަލް އަދި ރޫރަލް ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް ކާރިސާ ތަކުގައި މަސައްކަތް ކުރެވޭނެ އުޞޫލުތައް ކަނޑައަޅައި އެހީ ތެރިކަން ފޯރިކޮށް ކާރިޘާގެ ނިމުމެއް އަންނައިރު އަމަލުކުރާނެ ކޮތްތަކެއް ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ.
ވިޔަފާރިތައް ބަގުރޫޓް ވިޔަނުދިނުމަށް އެއިދާރާގެ ދެމެހެއްޓެނިވި ވިޔަފާރިއާއި ތިމާވެށީގެ ޕްރޮގްރާމްގެ ތެރެއިން ކަމާ ގުޅުންހުރި ފަރާތްތަކަށް އޭގެ ތެރޭގައި ސަރުކާރުތަކަށާއި ތަކެތި އުފައްދަ މީހުންނަށާއި އެސޯސިއޭޝަން ތަކާއި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރިވެރިންނަށް އޭގެ ތެރޭގައި އަންހެނުން ހިމެނޭހެން އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ނިންމާފައެވެ.
އަދި އެންޖީއޯ ތައް ގުޅިގެން ވައިރަހުގެ ސަބަބުންން އައިސްފައިވާ ބަދަލުތަކާއެކު ކުރިއަށް ދިޔުމަށް، ލިބިފައިވާ ގެއްލުންތަކުން ވީ އެންމެ އަވަހަކަށް އަރައިގަތުމަށް އެހީވުމާއި ކާރިޘާއިން އަރައިގަތުމަށް ސްޓްރެޓަޖިކް ޕްލޭންތައް ހެދުން ހިމެނެއެވެ.
ޔޫ.އެން.ސީ.ޓީ.އޭ.ޑީ އިން ބުނީ މީގެ ސަބަބުން ވަޒިފާ ގެއްލުމާއި އާމްދަނީ ލިބޭނެ ވަޞީލަތް ހުސްވުމާއި ވިޔަފާރިތައް އިނދަޖެހުމުން ސަލާމަތް ކޮށްދީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމާއި ކަނޑުގެ ދިރުންތަކާއި ނެތިފަނޭވެދާނެ ތިމާވެށީގެ އެކި ދޮރުތައް ހިމާޔަތްކުރުމަށް މަގުފަހިވާނެކަމަށެވެ. އަދި މިކަމުގައި ގެއްލުންވާ ފަރާތްތަކާއި އެހީ ދޭ ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމުގައި އަންނަ ނަތީޖާ ދެނެގަނެ ކާރިސާއިން އަރައިގަންނައިރު ހާލަތު އޮންނާނެގޮތް ވަޒަންކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް އެކި ހަރަކާތްތައް އިންތިޒާމް ކުރާނެކަމަށެވެ.