މާމިގިލި އެއަރޕޯޓާއި ކުޑަހުވަދޫ އެއަރޕޯޓަށް އިންޓަރނޭޝަނަލް ދަތުރުތައް ބޭއްވުމަށް ގޮތެއް ނިންމާނީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަނި ނޫންކަމަށް މިިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ މާމިގިލި އަދި ކުޑަހުވަދޫ އެއަރޕޯޓުން މިވަގުތު ހުށައަޅާފައި ވަނީ ޕްރައިވެޓް ޖެޓަށްތައް އޮޕަރޭޓްކުރަން ކަމަށާއި، އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ހުއްދަ ދޭނީ އެއަރ އޮޕަރޭޓަރސް ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުންކަމަށެވެ. އޭގެތެރޭގައި ކަސްޓަމްސްއާއި، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީސްތަކުގެ އިތުރުން ފުރިހަމަކުރަންޖެހޭ އެހެނިހެން ބައެއްކަންކަންވެސް ހިމެނެއެވެ. މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ސަރުކާރުން ކުރިން އެކުލަވާލާފައިވާ ޕްލޭނުގައި އެ ދެ އެއާރޕޯޓް ހިމަނާފައި ނުވާތީ މި ދެ އެއަރޕޯޓާއި ގުޅޭގޮތުން ގޮތެއް ނިންމަވާނީ އެ މިނިސްޓްރީން އެކަނި ނޫންކަމަށެވެ.
ނ.މާފަރު އެއަރޕޯޓަށްވެސް އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ކަސްޓަމްސް އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަށް ޤާއިމުކުރުމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓަރމިނަލަށް ގެނައުމުންކަމުގައި އެ މިނިސްޓްރީއިން ވިދާޅުވެއެވެ. މި ބަދަލުތަށް ގެނައުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް މާފަރު އެއަރޕޯޓުން ސިވިލް އޭވިއޭޝަނަށް އަންގާފައިވާކަމަށެވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މާފަރ އެއަރޕޯޓަށް މީގެކުރިންވެސްވަނީ އިންޓރނޭޝަނަލް ފްލައިޓްތައް ޖައްސާފައެވެ. އަދި އެއާޕޯޓަށް ބާއްވާފައިވާ A320އާއި A321 އަދި B737ގެ ފްލައިޓްތަކަކީ ޗާޓަރ ފްލައިޓްތަކެއް ކަމަށާއި، މި ދަތުރުތަށްވެސް ބާއްވާފައި ވަނީ ވަގުތީ ހުއްދައިގެ ދަށުންކަމަށް ވަނީ ޓްރާންސްޕޯޓުން ވަނީ ވިދާޅުވެފައެވެ.
ފަތުރުުވެރިކަމަށް އަލުން ހުޅުވާލާއިރު، ވެލާނާ އިންޓަރނޭޝަަނަލް އެއަރޕޯޓް ބޭނުންކުރުމުގެ ބަދަލުގައި، އެހެން އެއާޕޯޓެއް އިންޓަރނޭޝަނަލް އޮޕަރޭޝަންސްތަކަށް ބޭނުން ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.