ޚަބަރު

ސަރުކާރަށް ލިބުނު ބައެއް ބިންތައް ވިއްކާނެ


މާލެއިން ލިބިފައިވާ ބިންކޮޅު
ދޫކޮށްލާގޮތަށް ޝަރުޠުކޮށް ހިންގި ހައުސިންގެ މަޝްރޫޢުގެ ދަށުން ސަރުކާރަށް
ލިބިފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް އެ ބިންކޮޅު ހިމެނޭ މީހެއްގެ
އާއިލާގައި ހިމެނޭ ފަރާތްތަކަށް ވިޔަފާރި އުސޫލުން ގަނެވޭނެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ހައުސިންގ
މިނިސްޓަރ ވިދާޅުވެއްޖެއެވެ.



ސޯޝަލް ކައުންސިލުން މިއަދު ބޭއްވި
ޕްރެސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު
މުޢިއްޒު ވިދާޅުވީ ވެށިފަހި ހައުސިންގ މަޝްރޫއުގެ ދަށުން މާލެއިން އަދި
ހުޅުމާލެއިން ގެދޮރު ލިބުމުން މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުން
ޖުމްލަ ފަސްސަތޭކަ ހަތް ބިމެއް ސަރުކާރަށް
ލިބޭކަމަށެވެ. މީގެ ތެރޭން ސަތޭކަ ހަތްދިހައަށްވުރެ ގިނަ ބިންތައް މިހާރުވެސް ދައުލަތައް ލިބިފައިވާކަމަށާ ދެންހުރި ބިންތައްވެސް ޤާނޫނީ މަރުހަލާ
ނިމި އަންނަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް މިނިސްޓަރ
މުއިއްޒު ފާހަގަކުރެއްވިއެވެ



ުއިއްޒު
ވިދާޅުވީ ސޯޝަލް ކައުންސިލްގައި މަޝްވާރާކުރުމަށްފަހު މި ބިންތަކާމެދު
އަމަލުކުރާނެ އުސޫލެއް މިހާރު ކަނޑައަޅާފައިވާކަމަށެވެ. މި އުސޫލްގެ ތެރޭން ކޮންމެ
ބިންކޮޅަކާމެދުވެސް ގޮތެއް ނިންމާނީ އެތަނެއްގެ ޑީޓެއިލް ސާވޭއެއް
ހެދުމަށްފަހު ކޮންމެ
ބިންކޮޅަކާމެދުވެސް ވަކިވަކީންކަމަށާ، މިގޮތުން
އެބިންކޮޅަކީ ވަކީން އިމާރާތްކޮށްގެން ބޭނުންކުރެވޭވަރަށްވުރެ ކުޑަ ބިމެއްނަމަ
އެތަނެއް އެގޯތީގެ ބެހެނިވެރިންނަށް ގަނެވޭނެފުރުޞަތު ދެވޭނެކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



މީގެ އިތުރުން އެސަރަހައްދަކީ
ތޮއްޖެހިފައިވާ ސަރަހައްދެއްނަމަ، މަގާކައިރިން ލިބިފައިވާ މިފަދަ ބިންކޮޅުތައް
ބޭނުންކުރެވޭނީ "ޕާކިން ސިސްޓަމް"ތަކާއި ޕާކިންޒޯންތައް ހެދުމާ ޕާކު ފަދަ
ގްރީން އޭރިޔާގެ ގޮތުގައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ
މިކަންކަންކުރުމަށް ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން
ފާހަގަކުރެވިފައިވާކަމަށާ ޤާނޫނީގޮތުން ހުރިކަންކަންވެސް ވަރަށް އަވަހަށް
ފުރިހަމަކުރެވިގެންދާނެކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ މިބަދަލުތައް ގެނެވުމުން
މާލޭގެ އިޖްތިމާއީ ހާލަތަށް ވަރަށްބޮޑު ހެޔޮބަދަލެއް އަންނާނެކަމަށެވެ.