ފަތުރުވެރިކަމުގެ ބޭނުމަށް އަތޮޅުތެރެއިން ދޫކޮށްފައިވާ ރަށްރަށުގެ ބިމުކުއްޔަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީވެސް ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
To boost local tourism land rent to be charged on built-up area in inhabited islands as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn - USD 1 / SQM (cap 400k USD)
HA, HDh - USD 2 / SQM (cap 500k USD)
Sh, GA, GDh, Th, L - USD 3 / SQM (cap 800k USD)
Other atolls - USD 4/ SQM (cap 1m USD)
މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ސަރުކާރުން ހުށަހަޅަނީ އައްޑު ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރު ނެގުމަށެވެ. މީގެއިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ނެގުމަށް ހުށައެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ. މީގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ.
To boost local tourism land rent to be charged on built-up area in inhabited islands as follows.
— Fayyaz Ismail (@faya_i) July 20, 2020
S, Gn - USD 1 / SQM (cap 400k USD)
HA, HDh - USD 2 / SQM (cap 500k USD)
Sh, GA, GDh, Th, L - USD 3 / SQM (cap 800k USD)
Other atolls - USD 4/ SQM (cap 1m USD)
ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުއްޔަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު، ރަށްރަށުން ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނަގާގޮތަށް ހަމަޖައްސާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީވެސް ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
މީގެއިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސުމަށް ހުށައަޅުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.