ވިޔަފާރި

ޔޫކޭގެ ޑޮސްލޫނަސް ބްރޭންޑް ރާއްޖެއަށް ތަޢާރަފްކޮށްފި


އިނގިރޭސިވިލާތުގެ މަޝްހޫރު ޑޮސްލޫނަސް ބްރޭންޑްގެ ކޮސްމެޓިކްސް ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ކެމިސްޓްރީ ޕްލަސް ނަމުގައި މިފިފާހަރަ ހުޅުވާފައިވަނީ ކެނެރީމަގުގައި ހުންނަ މ.ބަގީޗާގޭގައެވެ. މިފިހާރަ ހުޅުވައިދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް، މަރިޔަމް ވަހީދާއެވެ.

ފިހާރައިގެ ވެރިފަރާތުން މަޢުލޫމާތުދޭ ގޮތުގައި މިފިހާރައިން ޑޮސްލޫނަސް ބްރޭންޑްގެ އެކި ބާވަތްތަކުގެ ކޮސްމެޓިކްސް ލިބެން ހުންނާނެއެވެ. ރީޓެލްކޮށް އަދި ހޯލްސޭލްކޮށްވެސް ޑޮސްލޫނަސް ބްރޭންޑްގެ ތަކެތި މިފިހާރައިން ލިބޭނެކަމަށް ފިހާރައިގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ.

ޑޮސްލޫނަސް ބްރޭންޑްގެ އިތުރުން، އެހެން ބްރޭންޑްތަކުގެ ކޮސްމެޓިކްސްވެސް މިފިހާރައިން ލިބޭނެކަމަށް ފިހާރައިގެ ވެރި ފަރާތުން މަޢުލޫމާތުދެއެވެ.