ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 26 މީހުން، 22 މީހުން ބަލިން ރަނގަޅުވި


ރާއްޖެއިން މިއަދު 26 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 22 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 22 މީހުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ އެންމެމީހެކެވެ. ރިސޯޓްތަކުން 3 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13644 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 22 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13072 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95.81 އިންސައްތައެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދީ 517އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުގައި ތިބި 379 މީހުންނާއި، ރަށްރަށުގައި ތިބި 36 މީހުންގެ އިތުރުން ރިސޯޓްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައިތިބި 63 މީހުންނާއި، ސަފާރީތަކާއި ޔޮޓްތަކުން ޕޮޒިޓިވްވި 7 ކޭސްގެ އިތުރުން ރިސޯޓްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށްރަށުގައިތިބި 25 މީހުންނާއި ސިނާޢީ ރަށްރަށުން ޕޮޒިޓިވެފައިވާ 3 މީހެކެވެ. މިބަލީގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެން ދަނީ 33 މީހުންނަށެވެ.

އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2746 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް 306،361 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.