ޚަބަރު

ޑރ. މުޢިއްޒުގެ ސިއްޙީހާލުކޮޅުދެރަވެ އެޑްމިޓްކޮށްގެން ފަރުވާދެނީ


ކުރީގެ ހައުސިންގ މިނިސްޠަތރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިއްޙީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޕީޕޢެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ޑރ، މުއިއްޒުގެ ސިއްޙީ ހާލުކޮޅު ސީރިއަސްވެގެން އެޑްމިޓްކޮށްފައިވަނީ އިއްޔެކަމަށާއި މިހާރު ހާލުކޮލޫ މަޑުމަޑުން ރަނަގަޅުވަމުން އަންކަމަށް ޢާއިލާއިން ބުނެފައިވާކަމަށެވެ.

ޑރ، މުއިއްޒުގެ ސިއްޙީ މައްސަލައިގެ ތަފްސީލު ޕީޕީއެމުން ހާމަކޮށްފައިނުވެއެވެ. ޑރ. މުއިއްޒުއަށް ފަރުވާދެމުންދަނީ އިންދިރާ ގަނދީ މެމެމޯރިއަލް ހޮސްޕިޓަލުގައެވެ.