ޚަބަރު

ފައިނުގައި މޫދަށްއެރި އުޅުނު ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ


ރ. ފައިނުގައި މޫދަށްއެރި އުޅުނު ކުޑަ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ފައިނު ކައުންސިލުން ވިދާޅުވީ 5 އަހަރުގެ ކުޑަކުއްޖާ ގެއްލިގެން ހޯދަންފެށީ މިއަދު ހަވީރު 17:15 އެހާއިރުކަމަށާއި، ކުއްޖާ ފެނިފައިވަނީ 17:30 އެހާއިރު އެރަށު އުރުދެކުނު ފަރާތު މޫދުންކަމަށެވެ.

ކުޑަ ކުއްޖާ ފެނުނީ އެސަރަހައްދުގެ މޫދުގެ ގާތްގަނޑަކަށް 2 ފޫޓު އަޑިންކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

މިކުއްޖާ ގެއްލިގެން ހޯދަންފެށީ ރަހުމަތްތެރި އެހެން ކުއްޖަކާއެކު ބޭރަށް ނުކުމެއުޅުމަށްފަހު މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ކައިރީގައި ހުރި ކުއްޖާ އެވާހަކަ ބުނުމުންކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.