ޚަބަރު

ރިޓަޔަރ ކުރައްވާފައިވާ އޮފިސަރުންނާ ސިފައިންގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި


ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ އިސް އޮފިސަރުންނާ އެމްއެންޑީއެފްގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރަށްޤީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޕްލޭންތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްްވުމާއި ގުޅޭގޮތުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާއެކު މުހިއްމު ކަންތައްތަކުގައި ޚިޔާލުބަދަލުކުރެއްވިފައިވާކަމަށާއި، އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރައްވާކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވިއެވެ.